Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަރުކާރުން އެދިގެން ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރަން ފަށައިފި

ސަރުކާރުން އެދިގެން ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރަން ފަށައިފި

އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓްތައް ރާއްޖޭގައި ބޭނުން ނުކުރެވޭހެން, ޖިއޯ-ބްލޮކް ކުރަން ނިންމާ, އެކަން ތަންފީޒް ކުރަން ފަށައިފި އެވެ.

ފުލުހުންގެ ސައިބާ ޔުނިޓުން "ދެން"އަށް މިއަދު ވިދާޅުވީ, ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި, އެގޮތުން މިހާތަނަށް ހަތަރު ސައިޓެއް ބްލޮކްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސައިޓުތަކެއް ހާމައެއް ނުކުރެ އެވެ.

މި ސައިޓްތައް ބޮލޮކްކޮށްފައިވާ ސަރުކާރުގެ އެދުމުގެ މަތިން, ފުލުހުން އިސް ނަގައިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގައި އެދިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ޖުވާ ކުޅުން ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ އާއްމުވެފަ އެވެ. ރާއްޖެއަށް ޚާއްސަ ޖުވާ ޓޭބަލްތައް ހަދައިގެން އެތައް ހާސް ބަޔަކު ދަނީ އެކަން ކުރަމުންނެވެ. އޮންލައިން ޖުވާއަކީ އާއްމުކޮށް, ޓޭބަލް ހިންގާ ފަރާތަށް ބޮޑު ފައިދާއެއްވާ ގޮތަށް ފަރުމާކޮށްފައި ހުންނަ އެޕްލިކޭޝަންތަކެވެ.

ބްލޮކްކުރި ސައިޓްތަކުގެ ތެރޭގައި ރާއްޖޭގައި އާއްމުކޮށް މީހުން ބޭނުންކުރަމުން އަންނަ ކިރަ ބެޓް އަދި ބެޓް365 ހިމެނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް