Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލާމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ލާމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ލާމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

މި ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އަލިފާން ރޯވީ ފޮނަދޫ އިން ގަމަށް ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއްގައި ކަމަށެވެ. ބޭނުންނުކުރެވޭ ވަރަށް ކާރު އަނދާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

އެ ސަރަހައްދުގައި ހުރި މީހަކު ދެން އަށް ބުނީ އެ ކާރަކީ ގަމު ތުނޑި އަވަށު މީހެއްގެ ކާރެއް ކަމަށެވެ.

މައުލޫމާތު ދިން މީހާ ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ކާރުން ޕެޓްރޯލް ލީކުވެގެން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް