Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއެމްޕީއާރްސީގެ ޗެއާޕަސަނަކަށް ގިޔާސް

އެމްއެމްޕީއާރްސީގެ ޗެއާޕަސަނަކަށް ގިޔާސް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕަސަންގެ މަގާމަށް ގިޔާސް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަން އޭނާ ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

ގިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އެވެ. އަދި އިނަ މޯލްޑިވްސްގެ ޑީއެމްޑީވެސްމެ އެވެ. އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް އަކީ ގިޔާސްގެ ބޭބެ އެވެ.

Advertisement
HDC — Sidebar (box)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިޔާސް ވަނީ އެމްއެމްއޭ ބޯޑު މެންބަރުކަންވެސް ކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް ގިޔާސް އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ. ނޫރައިން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް