ޚަބަރު

ފަރެސްމާތޮޑާ ކައުންސިލްގެ ކަންބޮޑުވުންތައް ނައިބު ރައީސަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ކަންބޮޑުވުންތައް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ މިއަދު ހިއްސާކުރައްވައިފި އެވެ.

Ads by MWSC

ފަރެސްމާތޮޑާ އަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް، އެމަނިކުފާނުގެ ރަށު ކައުންސިލާ ބައްދަލުކުރެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ކައުންސިލުން ކަންބޮޮޑުވުން ފާޅުކުރި ކަންކަމަކީ:

  • ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުން
  • ބަނދަރުގެ މަސައްކަތް ނުފެށި އޮތުން
  •  ފަރެސްމާތޮޑާއާއި އެއާޕޯޓު ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް
  • ފަރެސްމާތޮޑާ އެއާޕޯޓު
  • ގޯތި ދިނުން

މީގެ އިތުރުން އެ ރަށު ކައުންސިލުން ވަނީ ސިނާއީ ބޭނުންތަކަށް ބިން ހިއްކުމަށް ބޭނުންވާކަން ވެސް ހާމަކޮށްފަ އެވެ.

މި ބަައްދަލުވުމުގައި ނައިބު ރައީސް ކައުންސިލަށް ދެއްވީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަގީންކަމެވެ. އަދި އެ ކައުންސިލުން ފާހަގަކުރި ކަންކަމާ ކަމާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!