Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިދިޔަ މަހު އެންމެ ގިނައިން ދައުވާ ކުރީ ޑްރަގް މައްސަލަތަކުގައި

މިދިޔަ މަހު އެންމެ  ގިނައިން ދައުވާ ކުރީ ޑްރަގް މައްސަލަތަކުގައި
މިދިޔަ ޖޫން މަހު އެންމެ ގިނައިން ދައުވާކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މަސްތުވާތަކެތީގެ 79 މައްސަލައެއްގައި ދައުވާކޮށްފައިވެ އެވެ. ޕީީިޖީ އޮފީހުގެ ވެބްސައިޓު ގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނައީ ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އެވެ. މިދިޔަ މަހު ކުރެވުނު ބައެއް ދައުވާތަކަށް ބަލާއިރު:
  • ކެނަބިސް ބޭނުންކުރުމުގެ 27 ދައުވާ
  • ޑައިމޯފިން ބޭނުންކުރުމުގެ 34 ދައުވާ
  • ކެނަބިސް ޓްރެފިކް ކުރުމުގެ 9 ދައުވާ
  • ޑައިމޯފިން ޓްރެފިކް ކުރުން 6 ދައުވާ
  • މަސްތުވާތަކެތި ބޭނުންކުރުން 1 ދައުވާ
  • ކެނަބިހުން މުއާމަަލާތްކުރުން 1 ދައުވާ
  • ކެނެބިސް ޕެޑްލްކުރުން 1 ދައުވާ
އެންމެ ގިނައިން ކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ދައުވާތަކަށް ވާތީ، ޕީޖީ އޮފީހުން ގިނަ ދައުވާތައް މިދިޔަ މަހު ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ. އެގޮތުން ޑްރަގް ކޯޓަށް 61 ދައުވާ ހުށަހަޅާފައިވާއިރު ކްރިމިނަލް ކޯޓަށް 37 ދައުވާއެއް ހުށަހަޅާފައިވެ އެވެ. މިދިޔަ މަހު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅާފައިވަނީ 79 ދައުވާ އެއްގެ މައްސަލަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް