Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށް އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެ ރެއެއްގެ މަތިން ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި އެވެ. މި މަހުގެ 15 ދުވަހުގެ ރޭ އަދި އިއްޔެ ރޭ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ކޯޓު އަމުރުގެ ދަށުން މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement
HDC — Sidebar (box)

ރޭގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ބިއްލޫރިގަނޑަށް ގެއްލުންދިން މީހާ ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުން ޓޯކޯށްފައިވާކަން "ދެން" އަށް ވަނީ އެނގިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް