Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޭއެފްސީއަށް ގެއްލުންދިން ކަމުގެ ތުހުމަތުވާ މީހާ އެއް މަހަށް ބަންދުކޮށްފި

ކޭއެފްސީއަށް ގެއްލުންދިން ކަމުގެ ތުހުމަތުވާ މީހާ އެއް މަހަށް ބަންދުކޮށްފި

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

ދެ ރެއެއްގެ މަތިން ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި އެވެ. މި މަހުގެ 15 ދުވަހުގެ ރޭ އަދި އިއްޔެ ރޭ އެވެ.

މި މަހުގެ 15 ދުވަހުގެރޭ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ފުލުހުންގެ ބެލުމުގެ އިއްޔެ ދަށަށް ގެންގޮސްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement
Ooredoo — Truecaller (box)

މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އިއްޔެ ރޭ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް