Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފިހާރައަކުން 2 ފުޅި ސެންޓް ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށްލާން ހުކުމްކޮށްފި

ފިހާރައަކުން 2 ފުޅި ސެންޓް ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށްލާން ހުކުމްކޮށްފި

ފިހާރައަކުން ފޮގް ބްރޭންޑުގެ ދެ ފުޅި ސެންޓް ވަގަށް ނެގިކަމުގެ ކުށް ސާބިތުވި މީހަކު 2 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިއްޔެ، ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އއ. ފެރިދޫ، ނިއުޒިންދާގީ، އަލީ ނާޝީއުގެ މައްޗަށެވެ.

ކޯޓުން ކުރި ހުކުމްގައި ބުނީ، އޮކްޓޫބަރު 14، 2023 ވަނަ ދުވަހު މާލޭ ދޮންއަރާދަހިނގުމުގައި ހުންނަ ސިކްސް މާޓް ފިހާރައިން ނާޝިއު، ފޮގް ބްރޭންޑުގެ ދެ ފުޅި ނަގައި ލައިގެން ހުރި ޖިންސާއި ހަށިގަނޑު ދޭތެރެއަށް ޖަހައިގެން ފިހާރައިން ނުކުމުގެން ދާން އުޅެފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ހުކުމުން އެނގޭ ގޮތުގައި ނާޝިއު އަކީ 3 އަހަރު ދުވަހު ޖަލަށްލާން ޑްރަގު ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ.

ވަގަށް ސެންޓު ފުޅިތަކެއް ނެގިކަމުގެ ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ އަަަދަބުގެ އަސާސީ މިންގަނޑު 1 ދަރަޖަ ދަށްކޮފައިވެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ 1 މަހާއި 27 ދުވަހުގެ ޖަލު އަދަބެކެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް