Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްޕީއެލްގެ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާ އިންވެސްޓަރުންނަށް

އެމްޕީއެލްގެ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާ އިންވެސްޓަރުންނަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބޮންޑުގައި އިންވެސްޓުކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެ ބޮންޑަކީ ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑުކަމަށެވެ. އަދި މި ބޮންޑަށް އިންވެސްޓް ކުރުމުގެ ފުރުސަތު 11 އޭޕްރިލް 2023 ގައި ހުޅުވާލިއިރު, ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓުކޮށްފައިވާކަމަށް އެމްޕީއެލް އިން ބުންޏެވެ.

މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް 4 ޖުލައި 2024 ގައި ވަނީ  ޖަމާކޮށްދީފަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އެ ކުންފުނިން ބުނި ގޮތުގައި މި ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ  މަސައްކަތްކޮށްފައިވަނީ ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެ އެވެ. އަދި ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި, ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެއް ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަސް ވެސް އެ ކޮމްޕެނީ އިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް