ޚަބަރު

މާނިއު މަގާމުން ވަކިކޮށް، ކަސްޓަމްސްގެ ވެރިޔަކަށް ފާތިމަތު ދިޔާނާ

އަލީ ސަމާޙް ، ދެން އޮންލައިން
އަލަށް އައްޔަންކުރި ދިޔާނާ (ކ) އާއި މާނިއު

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު އެ މަގާމުން ވަކިކޮށް، ކަސްޓަމްސްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.

Ads by STELCO

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ ފާތިމަތު ދިޔާނާ ކަމަށެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މާނިޔު ބަދަލުކޮށްފައިވާ ކަމަށެވެ.

"މިއީ ކަސްޓަމްސްގެ ވެރިއަކަށް އަންހެނަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރު މިއީ ރައީސް މުއިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ގައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް ދެއްވާ އިސްކަން ހާމަވެގެންދިޔަ ކަމެއް" ހީނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމުގެ މަގާމުން މާނިއު ވަކިކުރި ސީދާ ސަބަބެއް ހީނާ ވިދާޅެއް ނުވެ އެވެ. ކަސްޓަމްސްގެ ވެރިއަކަށް މާނިޔު އައްޔަނުކުރީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ މާނިއު މީގެކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!