ޚަބަރު

ފަންކާގެ ޑިމަރުން ވެސް ފެނަކައިން ކުރީ ވައްކަން: އިއްބެ

ފާތިމަތު ނަޝްވާ ، ދެން އޮންލައިން
އިއްބެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. އޭނާ ވަނީ ކުރީ ސަރުކާރުން ވައްކަން ކުރި ކަމަށް ވިދާޅުވެ، ބޮޑަތި ތުހުމަތުތަކެއްކޮށްފައި.. ފޮޓޯ: މަޖިލީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކަ ކުންފުނިން އާލާތްތައް ގަތުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން (އިއްބެ) ކުރީ ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގޮވާލާ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަމުން އިއްބެ ވިދާޅުވީ އިންޖީނުގެ މައްސަލަ ޖެހެނީ ބޭނުންކުރަމުންދާ އިންޖީނުތައް އޯވާ ހޯލް ނުކޮށް ހުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ކަރަންޓުގެ މައްސަލަ ދިމާވާ ސަބަބުގެ ތެރޭގައި އިންޖީނު ސާވިސްނުކޮށް ގިނަ ދުވަސްވުންވެސް ހިމެނޭ ކަމަށެވެ.

އިއްބެ ވަނީ މިދިޔަ ސަރުކާރުން 4.3 ބިލިއަން ރުފިޔާއިން ފެނަކަ ދަރުވާލާ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި އޮތް އޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

"ކުރީ ސަރުކާރުން ވަނީ އެންމެ ޑިމަރެއް 5500 ރުފިޔާ އަށް ގަނެފައި، އެންމެ ސުވިޗެއްގެ އަގު ސަޕްލައިކޮށް އަގު ނަގާފައި" ފެނަކައިން ކޮށްފައިވާ ވައްކަން ތަފްސީލުކޮށްދެއްވަމުން އިއްބެ ވިދާޅުވި އެވެ.

އިއްބެ ވިދާޅުވީ ގޮތުގައި ރާއްޖެއަށް ދީމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރާނީ މި ސަރުކާރުން ކަމަށެވެ. އަދި އެކަން ހައްލުކުރަން ކުންފުނިތަކާ ގުޅިގެން ރައީސް މަސައްކަތް ކުރަމުންކަމަށާއި އަވަސް މުއްދަތެއްގެ ތެރޭގައި އެމައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އިއްބެ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!