ޚަބަރު

ސައިން ލެންގުއޭޖު ކޯހުގައި ކޮންމެ މުއައްސަސާއަކުން ދެ މީހަކު ބައިވެރިކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޖެންޑާ މިނިސްޓްރީން ހިންގާ ގޮތަށް ފަށަން ޖެހިފައިވާ ސައިން ލެންގުއޭޖު ކޯހުގައި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާން ފުރުސަތު ހުޅުވާލައި ކޮންމެ މުއައްސަސާއަކުން މަދުވެގެން ދެ މީހަކު ބައިވެރިވުމަށް އެދިއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓްރީތަކުން ހިންގާ މަޝްރޫއުތަކުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު" ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައިވާ ގޮތުން އެ ފުރުސަތު މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.

"ކޮންމެ އިދާރާއަކުން ވެސް މަދުވެގެން ދެ ބޭފުޅަކު މި ކޯހުގައި ބައިވެރިވުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ." އެ ހަބަރުގައި ލިޔެފައިވެ އެވެ.

ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެޗް ތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ކޯހުގެ ފުރަތަމަ މަރުހަލާގައި މި ކޯހުގައި ބައިވެރި ވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުން ކަމުން، ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ތަފާތު ކުރުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މި ކޯހުގެ ސަބަބުން މަގުފަހި ވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ދެކެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!