Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިނިސްޓަރު ވިދާޅުވަނީ 4000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭކަން ނޭނގޭ ކަމަށް

މިނިސްޓަރު ވިދާޅުވަނީ 4000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ހިމެނޭކަން ނޭނގޭ ކަމަށް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޭން ނިންމި 4،000 ފުލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ހިމަނާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން ވަނީ ކަސްޓަމްސް 100 ފްލެޓެއް ކަސްޓަމްސް އަށް ހާއްސަކޮށްފަ އެވެ. އޭރު ކަސްޓަމްސްގެ ޖެނެރަލް އަކަށް ހުންނެވި އަބްދުﷲ ޝަރީފްވެސް ވަނީ އެކަން މީޑިއާތަކަށް ޔަގީންކޮށްދީފަ އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެ 100 ފްލެޓާ ގުޅޭ ގޮތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއާ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ވަނީ ހައިދަރާ ސުވާލުކޮށްފަ އެވެ.

Advertisement
Allied — Dhen Online (box)

"ކަސްޓަމްސް ފްލެޓަކީ ވުޖޫދުގައި ނެތް އެއްޗެއްހެން އަޅުގަނޑަށް ހީވަނީ" ކަސްޓަމްސްގެ ފްލެޓާ ގުޅޭ ގޮތުން އައިފާން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެއަށް ފަހު ފަހު މެންބަރު ޝިފާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ 4000 ފްލެޓުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ކަނޑައަޅާފައިވާކަން ލިޔެކިޔުންތަކުން މިހާތަނަށް އެނގެން ނެތް ކަމަށެވެ. އަދި އެފަދަ އެގްރީމެންޓެއްވެސް ހަދާފައިނުވާ ކަމަށް ވިދާޅުވި އެވެ.

".. އެހެން ނަމަވެސް އެ 4000 ފްލެޓުގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް، އެކަމާއި ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ކަސްޓަމްސްއާ މަޝްވަރާކޮށް ކަސްޓަމްސްގެވެސް މާބޮޑު އިންޓަރެސްޓެއް ނެތޭ އަޅުގަނޑަށް ފާހަގަވީ އެ ފްލެޓުތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށެއް ނެތް" ހައިދަރު ވިދާޅުވި އެވެ.

އެ ވާހަކަ އަށް ރައްދު ދެއްވަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވަނީ މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކަސްޓަމަށް 100 ފްލެޓް ހާއްސަކޮށްފައި އޮތްކަން އޭސީސީންވެސް މައުލޫމާތުދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް