ހައްޔަރުކުރި އިކްރާމަކީ ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ހެކި ނެތިގެން ދޫކޮށްލި މީހެއް

އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މައްސަލާގައި ހައްޔަރުުކުރި މީހުންގެ ތެރޭގައި މީގެ ކުރިން މާރާމާރީގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ހުރިކަން ހާމަވެއްޖެ އެވެ.
އެކްސިޑެންޓުވި ސްޕޯޓްސް ކާރުގައި ތިބި ތިން ފިރިހެނުން، ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކ. މާލެ/ ހ. ނޫރާންމާގެއާގެ، އިކުރާމުއްރަހްމާން
- ކ. މާލެ/ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް، (33އ)
- ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހު އިސްމާއީލް






ކޮމެންޓް