ރާއްޖެއަށް އެލެގްރާ އެތެރެކޮށް ވިއްކުން މަނާކޮށްފި

އެލެގްރާ ބޭސް, ރާއްޖެ އެތެރެކޮށް ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ، ރާއްޖެ އިމްޕޯޓް ކޮށްފައިވާ އެލެގްރާ ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފައިވާ ކަމަށެވެ. މި ބޭސް އުފައްދަނީ ސަނޮފީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެހެންވެ އެ 3 ބެޗް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުންކުރުން އެމްްއެފްޑީއޭއިން ވަނީ މަނާކޮށްފަ އެވެ.
<strong>އެ ތިން ބެޗުގެ ނަންބަރުތަކަކީ: </strong>AL1223019, AL1223029، AL1223060
އެ ބޭހުގެ ބެޗްތައް، ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން، އެމްއެފްޑީއޭގެ އީމެއިލް <a href="mailto:[email protected]">[email protected]</a> މެދުވެރިކޮށް އެންގުމަށް ވަނީ އެދިފަ އެވެ.
އެކަމާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅަން ވަނީ އެދިފަ އެވެ.







ކޮމެންޓް