Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިނގިރޭސިވިލާތުގައި އުޅޭ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓްރީކުރަން އެދިއްޖެ

އިނގިރޭސިވިލާތުގައި އުޅޭ ދިވެހިން ހައިކޮމިޝަންގައި ރަޖިސްޓްރީކުރަން އެދިއްޖެ

މުސްލިމުންދާ ދެކޮޅަށް މުޒާހަރާކުރަމުންދާ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން އެ ގައުމުގެ ވެރިރަށް ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ރަޖިސްޓްރީކުރަން އެދިއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހަމަނުޖެހުން އުފެދިގެން އުޅެނީ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ބޭއްވި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދީ، ތިން ކުދިން މަރުވި ހާދިސާއާ ގުޅިގެން ނެވެ.  އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރުވާންޑައަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖެކެވެ. ހައްޔަރުކުރި ކުއްޖާ އަކީ މުސްލިމެއް ކަމަށް ބުނެ ދޮގު ހަބަރު ފަތުރައި މުސްލިމުންދާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ސިލްސިލާ ހަރަކާތްތަަކެއް އެ ގައުމުގައި ކުރިއަށް އެބަދެ އެވެ.

އެހެންވެ ދިވެހިން ސަމާލުވާން ހައި ކޮމިޝަނުން މީގެ ކުރިންވެސް އެދުނެވެ. މިރޭ ހައިކޮމިޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ މެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދިފަ އެވެ.

Advertisement
Ooredoo — Square (box)

އަދި އެމެޖެންސީ ހާލަތްތަކުގައި މެއިލް މެދުވެރިކޮށް [email protected] ނުވަތަ ފޯނު +44 (0)2072242135  ގުޅައި މައުލޫމާތު ސާފުކުރެވޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އިނގިރޭސިވިލާތަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. އެ ގައުމަކީ ރާއްޖެ އަށް ވިސާ ފްރީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް