Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަހަރަކު 400 މިލިޔަން ސިނގިރޭޓް ރާއްޖެ އެތެރެ ކުރޭ

އަހަރަކު 400 މިލިޔަން ސިނގިރޭޓް ރާއްޖެ އެތެރެ ކުރޭ
އަހަރަކު 400 މިލިޔަން ސިނގެރޭޓް ރާއްޖެއަށް އެތެރެ ކުރާ ކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. "ދުންފަތުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރަމާ"ގެ ސުރުހީގެ ދަށުން އާއްމުކޮށްފައިވާ ލިޔުމެއްގައި އެޗްޕީއޭއިން ބުނެފައިވަނީ, ރާއްޖެއަށް ކޮންމެ އަހަރަކު 1.8 ބިލިޔަން ރުފިޔާ ހޭދަކޮށްގެން 400 މިލިޔަން ސިނގިރޭޓް އެތެރެ ކުރާ ކަމަށެވެ. އޭގެ އިތުރަށް ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ ހޭދަކުރާއިރު، އެފަދަ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރަން އާސަންދައިން ބޮޑު ހޭދައެއް ކުރާ ކަަމަށް ބުންޏެވެ. އަދި ބަލިތައް ތަހައްމަލު ކުރާ އުމުރުފުރައިގެ މީހުންގެ ތެރޭގައި މަސައްކަތް ނުކުރެވޭ މީހުން ގިނަވުމުން، ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން 2021-2022 ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސަތަށް ދެނެގަތުމަށް ހެދިފައިވާ "ސްޓެޕްސާވޭ އިންދައްކާގޮތުން" ފުރާވަރު އުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އުމުރަކީ 8 އަހަރު ކަމަށް އިނގޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި 2019 ގައި ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ އިންސައްތަ 45.7 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަދު ކުރުމެއް އެޅޭނެ ފިޔަވަޅުތަކެއް ވެސް އާއްމުކޮށްފަ އެވެ. އެއީ;
  1. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވާއިދުތަކަށް ޢަމަލުކުރުން އިތުރަށް ހަރުދަނާކޮށް އާއްމު މާހާއުލުތަކުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ގާނޫނީ ހައްގު ކަށަވަރުކުރުން.
  2. ދުންފަތަށް އަލަށް ހުށަހެޅޭ ފަރާތްތައް މަދުކުރުމަށް، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާރކެޓް ކުރުން ހުއްޓުވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ދުންފަތުގެ އިސްތިޢުމާލުކުރުމާ އަދި ދުންފަތުގެ ވިޔަފާރިއާ އަދި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލާ މޮނިޓަރކޮށް އަދި ކުރަންޖެހޭ ދިރާސާތައް ކޮށް އެ މައުލޫމާތު ތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޒު ކުރުން.
  4. ދުންފަތުގެ ނުރައްކަލާބެހޭ ގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުން.
  5. ދުންފަތުގެ ބާވަތްތަކުން ނަގަންޖެހޭ ޓެކްސް އިތުރުކުރުމުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރެވޭ ގޮތަށް އެޓެކްސް އިތުރުކުރަންޖެހޭ އުޞޫލްތައް އެކުލަވާލައި، އަދި ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާ ހެލްތު ޕްރޮމޯޝަން އަށް ހޭދަކުރުން.
  6. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަންގެ ހިދުމަތް އިންތިޒާމް ކުރުން.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް