ތުޅާދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ބ.ތުޅާދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ،
ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި ހިންގި އޮޕަރޭޝަނެއްގައި، ކަނޑުމަގުން އެރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޯދައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިތަކެތި ހޯދައިފައިވަނީ މާލެއިން ފުރައިގެން ތުޅާދުއަށް ދަތުރުކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިމަހުގެ ތިންވަނަ ދުވަހު ހަވީރު ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ލޯންޗުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާ ތަކެތިކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއްވެސް ވަނީ ހޯދާފައެވެ.
މި މައްސަލައާއި ގުޅިގެން އަދި އެެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށްް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބ.އޭދަފުށީ ފޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.