Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕާކިސްތާނާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

ޕާކިސްތާނާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ 78 މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފަ އެވެ. ރައީސް ސިފަކުރެއްވީ ޕާކިސްތާނުގެ ރައްޔިތުންނަކީ އަހުންނާއި އުހުތުންގެ ގޮތުގަ އެވެ.

ޝެހްބާޒް އަދި ސަފީރު އާސިފް އަލީ ޒަރްދާރީ އަށް ޓެގް ކުރައްވާ ލިޔުއްވި ޕޯސްޓުގައި ރައީސް ވަނީ ރާއްޖެއާ ޕާކިސްތާނުގެ ގުޅުން ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

Advertisement
Allied — Dhen Online (box)

"ދެގައުމުގެ އޮތް ގާތް ގުޅުން ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް" ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ޕާކިސްތާނަށް ކާމިޔާބީ އަށް ރައީސް އެދިވަޑައިގެންނެވި އެވެ.

1948 އަހަރު އިންޑިއާއިން ވަކިވި ޕާކިސްތާނާ ރާއްޖެއާ ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 26 ޖުލައި 1966ގަ އެވެ. އާބާދީގައި ގާތްގަނޑަކަށް 230 މިލިޔަނެއްހާ މީހުން ދިރިއުޅޭ ޕާކިސްތާނާ ޕީޕީއެމް/ޕީއެންސީއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް