ޕާކިސްތާނުގެ މިނިވަން ދުވަސް ރާއްޖޭގަ ފާހަގަކޮށްފި

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ދިދަނެގުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގަ އެވެ.
ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެ އެވެ. އެގޮތުން މިނިވަން ދުވަހުގެ ހަރަކާތްތަށް ފަށާފައިވަނީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު އެވެ.
<img class="aligncenter wp-image-236417 size-full" src="https://cdn.dhen.mv/wp-content/uploads/2024/08/WhatsApp-Image-2024-08-14-at-12.58.55_bcaa6283.jpg" alt="" width="1280" height="853" />
ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ގާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.
އެގޮތުން ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި 1947 ވަނަ އަހަރުގެ 14 ވަނަ ދުވަސް ހަމަޖެއްސި އިރު، އެ މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ކަނޑައެޅި އެވެ.







ކޮމެންޓް