ޚަބަރު

ރާއްޖޭގައި މިވަގުތު ދިރިއުޅޭ ކޮންމެ މީހަކީ ވެސް އެޗްޕީއޭ ގެ މެންބަރެއް: ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ވެސް އެޗްޕީއޭގެ މެމްބަރެއް ކަމަށާއި އަދި ކޮވިޑް ހުއްޓުވަން މަސައްކަތް ކުރާނެ މެމްބަރެއް ކަމަށް ޑރ.ނަޒްލާ ރަފީޤު ވިދާޅު ވެއްޖެއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް މިވީ ހަމަސް ކަމަށާއި ރައްޔިތުންނާއެކު އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެންމެ އަވަހަށް ވެސް ފެންނާނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އަދި އެއީ އެންމެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާ ފެންނާނެ ކަމަށް އަޅުގަނޑުމެން އެންމެ އަވަހަށް ވެސް މިބަލަނީ މިމަހުގެ ފަހުކޮޅުގައި. މިއީ ތިތަ ބޭފުޅުން ކުރި ނުވަތަ މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތުން ނުކުންނާނެ ނަތީޖާއެއް، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކީ އަދި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް އެޗްޕީއޭ ގެ މެންބަރެއް، ކޮވިޑް ހުއްޓުމަށް މަސައްކަތް ކުރާނެ މީހެއް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް ބަލި ފެނުނުތާ މިއަދަށް ހަމަސް، ފައްސިވީ މީހުންގެ އަދަދު 8000 އަށްވުރެ މައްޗެވެ. އެގޮތުން މިހާރު ރާއްޖެއިން މުޅިއަކު 8،667 މީހުން ވަނީ މިބައްޔަށް ފައްސި ވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!