ޚަބަރު

117 ފުޅި ބަނގުރަލާއި 76 ދަޅު ބިޔަރު ނައްތާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެގޮސްފައިވާ ތަކެތީގެ ތެރެއިން، މާފަރު ޕޮލިސް ސްޓޭޝަން ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ މާފަރުގައި އިއްޔެ ނައްތާލާފައިވަނީ 117 ފުޅި ބަނގުރާ އަދި 76 ދަޅު ބިޔަރު ކަމަށެވެ.

އެ ތަކެއްޗަކީ މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް މާފަރު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!