ޚަބަރު އިޖުތިމާޢީ

ޓިކްޓޮކް އަންމުއާ ޝުޖާގެ މައްސަލަ ރަސްމީކޮށް ފުލުހުން ބަލަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޅ. ނައިފަރުގައި ހުންނަ ޕޮލިސް ސްޓޭޝަން

ޓިކްޓޮކްގައި ނޫސްވެރިއަކަށް ފުރައްސާރަކޮށް އަބުރު ކަތިލަމުން ދިޔަ ދެ މީހުންގެ މައްސަލަ ރަސްމީކޮށް ދިވެހި ފުލުހުންގެ މުއައްސަސާއަށް ހުށަހަޅައިފި އެވެ.

Ads by MWSC

މިމައްސަލަ ފުލުހަށް ހުށަހެޅީ ފުރައްސާރަ ލިބެމުންދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީ އެވެ. މިކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ލިބިފައިވާ މައުލޫމާތާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ޅ. ނައިފަރަށް ނިސްބަތްވާ ފިރިހެނަކު އަންމުގެ ނަމުގައި ހިންގާ ޓިކްޓޮކް އެކައުންޓުން އަންހެން އަންނައުނުގައި ލައިވްތަކެއް ހިންގާތާ ދުވަސްތަކެއް ވެއްޖެ އެވެ. އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ޕަބްލިކް ޕްލެޓްފޯމެއްގައި ލައިވްތައް ކުރިއަށް ގެންދާތީ އޭނާ ވަނީ މީގެ ކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭނާ އަނެއްކާވެސް އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ލައިވްއެއް ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ވީޑިއޯއެއް ނޫސްވެރިޔާ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ކަންބޮޑުވުން ފާޅު ކުރުމުން އޭނާއަށާއި އާއިލާއަށް ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް އަޅުވައި އަބުރު ކަތިލަން ފެށި އެވެ.

އަންމުގެ އިތުރުން ޓިކްޓޮކްގައި ޝުޖާ ނަމަކަށް ކިޔާ އައިޑީގައިވެސް ފިރިހެނަކު ދިޔައީ ނޫސްވެރިޔާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުރައްސާރަ ކުރަމުންނެވެ. އެހެންކަމުން ފުލުހަށް ހުށަހެޅީ މި ދެމީހުންގެ މައްސަލަ ކަމަށް މައުލޫމާތު ލިބެ އެވެ.

އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ޖިންސު ބަދަލުކޮށްގެން ހެދުން އަޅައިގެން ޓިކްޓޮކް ލައިވްތަކެއް ކުރިއަށް ގެންދިޔަ މައްސަލައިގައި މީގެ ކުރިންވެސް މީހަކު ހައްޔަރު ކުރި އެވެ. ޓިކްޓޮކްގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތި ވެއެވެ.

  1. ހިޖުރަ

    ތި ސުޖާއަކީ ޓިކްޓޮކުގައި މީހޫންގެ އޮރިޔާން ފޮޓޯ ޕަބުލިކް ކުރާ މީހެއް،އަންމު އަކީ އަންހެން ހެދުންއަޅާގެން ލައިވްވެ ވަރަށް ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކާ

    މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ މީހެއް

  2. ހަމަަ ބުނެލީ

    ހާދަަ ކުރީގެެ ފޮޓޮލެކޭޭ ތިޔައިނީީ ޕޮލިސްް ސްޓޭޝަންގެ