ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ގުރައިދޫ ގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކ. ގުރައިދޫގައި ހިންގަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކރުން ނިންމައިފި އެވެ.

Ads by STELCO

އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މީގެ ކުރިން ހިންގަމުން އައީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީންނެވެ.

ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން ސޯޝަލް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަ ފަހު އެވެ.

އެގޮތަށް ހަމަޖައްސަވާއިރު އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ހާއްސަކޮށް ރަނގަޅު ފެންވަރުގެ "އޯލްޑް އޭޖް ހޯމް" އެއް ގާއިމް ކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ހޯމް ތައާރަފް ކުރެވުމުން އިސްރަށްވެހިންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!