ޚަބަރު

ސިންގަޕޫރުން މެޑިކަލް ޗެކްއަޕް ހެއްދެވުމަށް ފަހު ރައީސް ވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސިންގަޕޫރަށް މެޑިކަލް ޗެކްއަޕެއް ހެއްދެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

Ads by Hajj Corporation

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވެސް ވަޑައިގެންނެވި އެވެ.

އަދި ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވައިލައްވައި މިރޭ ރާއްޖެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެއީ މެޑިކަލް ޗެކްއަޕަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވީ ރައީސް މުއިއްޒެވެ. އެ ކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީއެންސީ ޖަގަަހައިގައި ބޭއްވި ޖަލްސާގަ އެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!