ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދާތާ ތިން ހަފްތާ

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ވެބްސައިޓް ޝާއިއުކުރި ހަބަރެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ އިންޑިއާ، އައިޑީ މޮހެމެޑް ސެހް (32އ) ކަމަށެވެ.
މޮހެމެޑް ސެހް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި ހުސްވި މަހުގެ 14 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މޮހެމެޑް ސެހްގެ އެއްވެސް މައުލޫމާތެއް އިނގޭނަމަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.