Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވިހެއުމުގެ ތެރޭގައި ކުއްޖާ ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ވިހެއުމުގެ ތެރޭގައި ކުއްޖާ ނިޔާވި މައްސަލަ ފުލުހުން ބަލަނީ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި، ތުއްތު ކުއްޖާ ނިޔާވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. ފުލުުހުން ވިދާޅުވީ، އެފަދަ މައްސަލައެއް އެ އިދާރާއަށް އިއްޔެ ހުށަހަޅައިފައިވާ ކަމަށާއި އަދި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުއްޖާ ނިޔާވުމަށް މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑަރ ޑިސްޓޯޝިއާ)، ދިމާވި ކޮމްޕްލިކޭޝަންގެ ސަބަބުން ކަމަށެވެ. އަދި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވި ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ވިއްސުމުގެ ތެރެއިން އިއްޔެ ނިޔާވެފައި ވަނީ ގދ. ވާދޫ މީހެއްގެ ދަރިއެއެވެ. ވާދޫގެ މާބަނޑުމީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވައިފައި ވަނީ ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް