ޚަބަރު

ކޮވިޑް-19: ހޯޑެއްދޫއިން ހާލުބޮޑުވި ދެމީހުން ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ހޯޑެއްދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވެ، ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ސަން"ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހޯޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިރޭގެ ވަގުތެއްގައި މި ދެމީހުން ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޯޑެއްދޫ އިން ހާލު ދެރަވެފައިވަނީ އުމުރުން 70 އަހަރަށް ވުރެ މަތީ ދެމަފިރިންނެވެ.

ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއއަތޮޅާއި ގދއަތޮޅުން ކޮވިޑަށް ފައްސިވެ ހައި ރިސްކު މީހުންނަށް ޚާއްޞަކޮށް ފަރުވާ ދިނުމަށެވެ. މިވަގުތު އެ ފެސިލިޓީގައި ގއ. ދާންދޫއިން ފައްސިވި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހޯޑެއްދޫ އިން މިހާތަނަށް ޖުމްލަ 25 ކޭސް އެއް ވަނީ ފެނިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!