Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރުވެފައި އޮއްވާ ފެނުނު ކުޅުދުއްފުށީ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މަރުވެފައި އޮއްވާ ފެނުނު ކުޅުދުއްފުށީ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ކުޅުދުއްފުށި ސިޓީގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. ކުޅުދުއްފުށީ ސިޓީގެ ޑެއިޒީފެހި, އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެ ސިޓީގެ އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:25 ހާއިރު އެވެ. އަދި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާ މިހާރުވެސް އޮތީ އެ ހޮސްޕިޓަލުގަ އެވެ.
މީޑިއަތަކަށް ފޮނުވި މެސެޖެއް ގައި ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން މިރޭ މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމެއް އަދި ނެތް ކަމެއްވެސް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް