ޚަބަރު

ހުޅުމާލޭގައި ލައިސެންސެއް ނެތި ސީ ޒޯނުގެ ކާރެއް ބާރު ސްޕީޑުގައި ދުއްވަނިކޮށް ހުއްޓުވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހުޅުމާލޭގައި ރޭ ދަންވަރު ލައިސެންސެއް ނެތް މީހަކު، ބާރު ސްޕީޑުގައި ސީ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ދުއްވަނިކޮށް ހުއްޓުވައިފި އެވެ.

Ads by STELCO

ކާރު ދުއްވި މީހާއަކީ ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު (38 އ.) އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބާރު ސްޕީޑުގައި އެ ކާރު ދުއްވަނިކޮށް ހިފަހައްޓައި ބެލިއިރު ސީ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމާއި ކާރު ދުއްވަމުން ދިޔައީ ސައްހަ ނޫން ޕްލޭޓް ނަންބަރެއް ވެސް ހަރުކޮށްގެން ކަމަށެވެ.

"ކާރު ޓޯ ކުރަން އުޅުމުން ފުލުހުންނަށް އެއްބާރުލުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކުކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!