ޚަބަރު

ފިޔާ ލިބުން ދަތިވީ އިންޑިއާގެ މޫސުން ގޯސްވެގެން, މިއަދު 6280 ބަސްތާ ބާޒާރަށް ނެރޭނެ: ވަޖީހު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިންޑިއާއިން ރާއްޖެ ގެނައި ފިޔާ ބަސްތާތައް/ ފޮޓޯ: އެމްޕީއެލް ސީއީއޯ ވަޖީހު

މިއަދުން 6280 ބަސްތާ ބާޒާރަށް ނެރޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަޖީހު ވިދާޅުވީ މިދުވަސް ކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުން ތަކާ ގުޅިގެން ކަމަށެވެ. އަދި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ ދިމާވި ކަމެއް ކަމަށާއި އެ ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހި ރާއްޖެ އަކަށް އެކަނި ނޫން ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް ވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވި ކަމަށް ހަބަރު ލިބިފައިވާ ކަމަށެވެ.

މިއަދުން ފެށިގެން މާލޭގެ ބާޒާރަށް ފިޔާ ނެރެމުންދާ ކަމަށާއި އިންޑިއާއިން އައި 2 ބޯޓު ކަމަށްވާ "ބުލޫހާ" އިން 2980 ބަސްތާ، އަދި "އެމްވީ ނިއުމަތު 2" އިން 3300 ބަސްތާ އާއެކު ޖުމްލަ 6280 ބަސްތާ ފިޔާ މިއަދު ބާޒާރަށް ނެރެމުންދާ ކަމަށް ވަޖީހު ވިދާޅުވި އެވެ,

ވަޖީހު ވިދާޅުވީ އިންޑިއާއިން މާދަމާ މާލެ ވަންނަ ބޯޓުގައި 3300 ބަސްތާ ފިޔާ ލިބޭނެ ކަމަށާއި އެ ބަސްތާތައްވެސް ބާޒާރަށް ނެރޭނެ ކަމަށެވެ.

އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން އައްޑޫ ސިޓީގެ ލިބުނު 1180 ބަސްތާ ފިޔާ ވެސް ބާޒާރަށް ނެރެފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އިންޑިއާގެ މޫސުން ގޯސްވާ ބައެއްފަހަރު ދަނޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން ބާޒާރަށް ނެރޭ ފިޔާ މަދުވުމަކީ ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އަދި ފިޔާ ޝޯޓުވުމުން ބާޒާރުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށް ވަޖީދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!