Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލެއިން 1375 ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ

ހުޅުމާލެއިން 1375 ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މިއަދު ހުޅުވާލައިފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދު ހުޅުވާލީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 08 ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގައަށް ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2000 ރުފިޔާ އެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް އެ ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެ ކަމަށާއި  ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާން ޖެހޭނެ ކަަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށާއި އެއަށްފަހު، ހުޅުމާލެ ފިޔަވައި ދެން  މާލޭގެ އެހެން  ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށެވެ.

ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް