ޚަބަރު އިޖުތިމާޢީ

ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދާނެ ބަޔަކު އަލުން ހޯދަނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ތުލުސްދޫ: 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ކައުންސިލުން ވަނީ އިއުލާނު ކޮށްފައި / ފޮޓޯ:ޖޯންސްއެރައުންދަވޯލްޑް.ކޮމް

ކ. ތުލުސްދޫގައި 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އަނެއްކާ ވެސް އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

Ads by STELCO

ހޮސްޕިޓަލާއި މެޑިކަލް ކޮލެޖް އަޅައިދޭނެ ބަޔަކު ހޯދުމަށް މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވެސް އެ ކައުންސިލުން އިއުލާނުކުރި އެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނުގައި ތުލުސްދޫ ކައުންސިލުން ބުނީ ޖުލައި މަހު ކުރި އިއުލާނަށް އެއްވެސް ފަރާތެއް ހޮވިފައިނުވާތީ އަލުން އިއުލާނުކުރީ ކަމަށެވެ.

ތުލުސްދޫގައި އަމިއްލަ ހަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް 100 އެނދުގެ ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެފަދަ ހޮސްޕިޓަލަކާއި ކޮލެޖެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ދެމެދު ކައުންސިލް އިދާރާއިން ބިޑު ފޮތް ލިބެން ހުންނާނެ ކަމަށެވެ. ބިޑު ފޮތެއްގެ އަގަކީ 2،000 ރުފިޔާ އެވެ. ފޮތުގައި މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.

އިއުލާނުގައި ބުނި ގޮތުގައި ޕްރީ ބިޑާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ކަމުގަ އެވެ. އަދި ބިޑު ހުށައެޅުން އޮންނާނީ 13 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ކަމުގަ އެވެ.

Ads by HDC
  1. އިއްބެ

    އއ.ތޮއްޑުގައި 100އެނދުގެހޮސްޕިޓަލަކާއި މެޑިކަލްކޮލެޖަކާއި 50އެނދުގެ ގެސްޓުހައުސްއެއްއަޅާދޭނެބަޔަކުހޯދަންމަސައްކަތްކުރަނީ