ޕީއެސްއެމް ހިޔާނާތް: 1.16 މިލިއަން ކުރީގެ ޕިނޭންސް ޑިރެކްޓަރުގެ ދަރީގެ އެކައުންޓަށް ޖަމާކުރި!
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެއްލުނު 9.03 މިލިއަން ރުފިޔާގެ ތެރެއިން 1,16 މިލިއަން ރުފިޔާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު, އަހުމަދު ހަނީފްގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ މައްސަލައަކީ ޕީއެސްއެމަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި މައްސަލައާ ގުޅިގެން އޮޑިޓު ކޮށްދިނުމަށް މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު ޕީއެސްއެމްއިން އެދުނު މައްސަލަ އެވެ.
އެގޮތުން ޕީއެސްއެމްއިން ލިބެންހުރި ލިޔުންތައް ބަލާ ދިރާސް ކޮށް, އެތަނުގެ ކަމާ ގުޅޭ ފަރާތަކުން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އޮޑިޓުގައި ބުނެފައިވަނީ ޑޮލަރު ގަތުމުގެ ނަމުގައި 2017 އިން 2024 ގެ އޭޕްރީލްގެ ނިޔަލަށް 9,034,083 ރުފިޔާ ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ 4,260,295 ރުފިޔާ އަކީ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ކަމަށެވެ.
އޮޑިޓުގައި ބުނީ 2017 އިން 2020 ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޕީއެސްއެމްއަށް ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށާއި އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެ ފަހުން ހަވާލުވީ ހަނީފް ކަމަށެވެ.
އޭގެ އިތުރުން 2024 ވަނަ އަހަރުގައި ބަލައިގެނެފައިވާ 31,000 ރުފިޔާ ޖަމާކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ތިޖޫރިން ގެއްލުނު 190 ހާސް:
އޮޑިޓުގައި ބުނީ ޕީއެސްއެމްގެ ތިޖޫރީގައި ޕެޓީކޭޝް ފިޔަވައި ނަގުދުން ހުންނަންޖެހޭ 190,087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ފައިނޭންސް ޑިރެކްޓަރު ހަވާލުވެފައިވާކަން އެނގެން އޮތް ކަމަށާއި އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށެވެ.
ޑޮލަރު ގަތުމަށް ނެގި 4.58 ގެއްލިފައި:
އޮޑިޓުގައި ބުނީ 2020 އިން 2024 ގެ އޭޕްރީލް މަހުގެ ނިޔަލަށް ޑޮލަރު ގަތުމަށް އެކި ފަހަރު މަތިން ނަގާފައިވާ ފައިސާގެ ތެރެއިން 4,583,701 ރުފިޔާއަށްވާ 297,257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ.
ޗެކް މެދުވެރިކޮށް ނެގި 968,580 ރުފިޔާއާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވެ ސޮއިކޮށްފައިވާ ކަމާއި ބާކީ ހުރި ފައިސާ ނުލިބިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ޑޮލަރު ގަތުމަށް ނަގާ ފައިސާއަށްވާ ޑޮލަރު ގަތުމުގެ މަސައްކަތް ކުރަމުން ގޮސްފައިވަނީ ފައިނޭންސް ޑިރެކްޓަރު ކަމަށްވާތީ ޑޮލަރު ގަތުމަށް ނެގި ހުރިހާ ފައިސާއެއް އޭނާއާ ހަވާލުވެފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓުގައި ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ހަނީފް ސަސްޕެންޑް ކުރީ އޭޕްރީލް މަހު އެވެ. އަދި މޭ މަހުގެ ތެރޭގައި އޭނާ ވަކިކޮށްފައިވެ އެވެ.
ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
* ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
* ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
* މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
* ގޭންގް ހުއްޓުވާނެ.
* މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
* ގޭންގް ވުޖޫދުން ފޮހެލާނެ.
ތައްޤީ ގެންނާނެ.
* ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
* އިސްލާމް ދީނަށް އިސްކަންދޭނެ.