މިރޭ ފަރުކޮޅު ފުށީގައި ހަވާ އަރުވަނީ

މިރޭ ފަރުކޮޅުފުށީގައި ހަވާއަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ފަރުކޮޅުފުށީގައި އޮންނަ ޕްރައިވެޓް އިވެންޓެއްގައި ހަވާއަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ހަވާއަރުވާނީ 21:00 ގަ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރީ އުސޫލުން ހަވާ އެރުވުން ކުރިއަށް ގެންދާނީ 3 މިނިޓަށް ކަމަށެވެ.
އެކި ކަހަލަ މުނާސަބަތުތައް ފާހަގަކުރަން ސިފައިންގެ ބެލުމުގެ ދަށުން ހަވާ އަރުވަ އެވެ. ނިމިދިޔަ އީދު ގައި ރާއްޖެ ގިނަ ރަށްތަކެއް ގައިވެސް ހަވާ އަރުވާފައިވެ އެވެ.