ޚަބަރު

ކޮވިޑުން ރަނގަޅު ވިޔަސް އަލާމާތްތައް ހުރެދާނެ: ޑރ. މުރާދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރަނގަޅުވިޔަސް ބަލީގެ އަލާމާތްތައް ހުރެދާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް ޖެހިފައި ހުންނަ ދުވަސްވަރު ދިމާވާ އަލާމާތްތައް ބަލިން ރަނގަޅުވިޔަސް ތަންކޮޅެއް ގިނަ ދުވަހަށް ފެނިގެން ހިނގައިދާނެ ކަމަށެވެ.

ކޮވިޑްގެ އަލާމާތްތަކެއް ކަމުގައިވާ ވަރުބަލިވުމާއި ނޭވާލާން އުނދަގޫވުމާއި، މޭގައާއި ގައިގާ ރިއްސުންފަދަ ކަންކަން، ބަލިން ރަނގަޅު ވިޔަސް ބައެއް މީހުންނަށް ދިމާވެދާނެ ކަމަށާއި މިއީ ދިރާސާތަކުން ވެސް ދައްކާފައިވާ ކަމެއްކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަސް ނުދުވުމާއި ރަހަނުލުން ފަދަ އަލާމާތްތައް ވެސް ދިގުލައި ދެމިގެން ގޮސްދާނެކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ޑރ. މުރާދު ވިދާޅުވީ ބަލިން ރަނގަޅުވުމަށް ފަހު މީހުންނަށް ދިގު މުއްދަތަށް ދިމާވާ ސިއްހީ މައްސަލަތައް އަދި ސާފުކޮށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

"މިކަހަލަ މައުލޫމާތު މުޅިން ކަށަވަރުކުރަން އަދި އިތުރު މައުލޫމާތު ލިބެން އަދި ތަންކޮޅެއް ދުވަސް ނަގާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ބަލީގައި އަދި މިހޭދަކުރެވުން މުއްދަތަށް ބަލާއިރުގައި”ޑރ. މުރާދު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!