ޚަބަރު އިޖުތިމާޢީ

ތަސްލީމް ހޯދާތާ އެއް މަސް، މިދިޔަ މަހު ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން އިންޓަޕޯލުން މިދިޔަ މަހު ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by MWSC

ތަސްލީމް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކޮށް މިދިޔަ މަހު ފުލުހުން ބުނެފައި ވަނީ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލުން "ޕަބްލިޝް" ކޮށްފައިވާ ކަމަށެވެ.

އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ އިންޓަޕޯލް މެމްބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއެއް ކަމަށް ފުލުހުން ބުންޏެވެ.

"މިގޮތަށް ޕަބްލިޝްކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި ޕަބްލިޝްކުރާ ނޯޓިސް ނޫން ކަމުގައި ދަންނަވަން،" ފުލުހުން ބުންޏެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ކުރުމާއެކު ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށާއި އޮގަސްޓް 31, ސެޕްޓެމްބަރު 1 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ދަތުރުގެ ބައިވެރިން ދަތުރަށް ފުރާފައި ވަނީ 29 ވަނަ ދުވަހުގެ 5 އާއި 5:30 ދޭތެރޭގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ ދަތުރުގައި ތަސްލީމް ހިމެނޭހެން ޖުމްލަ 25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ.

Ads by HDC
  1. އިއްބެ

    އޭނާއާއިއެކުދަތުރުދިޔަމީހުންގެބަހަކީކޮބައިތޯއެވެ