Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭ އުސޫލު އުވާލަނީ

45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭ އުސޫލު އުވާލަނީ

އުމުރުން 45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭގޮތަށް އޮންނަ އުސޫލު އުވާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ގެޒެޓުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޝާއިއުކުރި އުސޫލުގައި ވެސް ބުނީ އުމުރުން 45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ އެވެ.

ނަމަވެސް "ދެން" އިން އެ ހަބަރު ޝާއިއުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެެއީ ކުރިން ވެސް އޮންނަ އުސޫލެއް ކަމަށެވެ. އަދި އެގޮތަށް ރާއްޖެއިން އުސޫލު ހަދާފައި އޮންނަނީ ސައުދީން އެގޮތަށް އުސޫލު އެކުލަވާލައިފައި އޮންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

އެހެން ނަމަވެސް މިހާރު ސައުދީން ވެސް އެ އުސޫލު އުވާލައިފައިވާ ކަަމށާއި އެހެންވެ 45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭގޮތަށް އޮންނަ އުސޫލު އުވާލަން އޮންނާނީ އަންގާފައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ނަމަވެސް މިއަދު އާ އުސޫލު އާންމުކުރި އިރު ކުރީގައި އޮންނަ އުސޫލު ހަމަ އެގޮތަށް ހިމަނާފައި އޮތީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެއީ އޮޅިގެން ނެވެ.

ބެލެވޭ ގޮތުގައި އެ އުސޫލު އިސްލާހުކުރުމަށް ފަހު އަނެއްކާވެސް ވަރަށް އަވަހަށް އާ އުސޫލެއް ގެޒެޓުގައި ޝާއިއުކުރާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް