މޯލްޑިވިއަނުން ފުނަދުއަށް ދަތުރުތައް އަލުން ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަނުން ށ. ފުނަދޫއަށް އަލުން ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަނުން މިއަދު ހެނދުނު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ ފުނަދޫއަށް ފްލައިޓްތައް ހުއްޓާލައިފައިވާ ކަމަށެވެ.
އަދި ހިދުމަތް ފަށާނެ ވަކި ދުވަހެއް ވެސް އޭރު ނުބުނެ އެވެ.
ނަމަވެސް މިރޭ 07:30 ކަންހާއިރު މޯލްޑިވިއަނުން ބުނީ އަލުން ދަތުރުފަތުރުގެ ހިދުމަތް ފުނަދޫއަށް ފަށައިފައިވާ ކަމަށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ފުނަދޫއަށް ދަތުރުތައް މެދުކަނޑާލީ ފަޔާ ލޮރީއެއްގައި މައްސަލަތަކެއް އުޅެގެން ނެވެ.
ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ.
އެ އެއާޕޯޓަށް ހަފްތާއަކު ތިން ދުވަހު މޯލްޑިވިއަންއިން ދަތުރުތައް ބާއްވަ އެވެ.