ޚަބަރު އިޖުތިމާޢީ

މެލޭޝިޔާގެ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ތިން ވަނަ ރާއްޖޭގެ ދަރިވަރަކަށް!

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މެލޭޝިޔާގައި ބޭއްވި ގުރުއާން މުބާރާތުން ތިން ވަނަ ހޯދި ޝާޔާ

މެލޭޝިއާގައި ބޭއްވި، މެލޭޝިއާ އިންޓަނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީގެ މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ދަރިވަރަކު 3 ވަނަ ހޯދައިފި އެވެ.

Ads by STELCO

އެ މުބާރާތުން 3 ވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ފާތިމަތު ޝާޔާ ޒާހިރު އެވެ. އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކުރި ޝާޔާ އަށް މި މުބާރާތުން ތިން ވަނަ ލިބިފައިވަނީ ހިފްޒު ބައިންނެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ބައިވެރިވެފައި ވެއެވެ. މި މުބާރާތް އޮތީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގަ އެވެ.

ޝާޔާ ހޯދި ކާމިޔާބީ އަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

"މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން. މިއީ ރާއްޖެއަށް ލިބުނު ފަހުރެއް."

ޝާޔާ އަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މިސްރުގައި ބޭއްވި ގުރުއާން މުބާރާތަކުން 2 ވަނަ ހޯދާފައިވާ ދަރިވަރެކެވެ. އަދި މި އަހަރު ބޭއްވި ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުން ހާފިޒުންގެ ބައިން އެއް ވަނަވެސް ޝާޔާ ވަނީ ހޯދާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!