Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަތީ ތައުލީމު ހާސިލުކުރާ 32 ދަރިވަރަކަށް ޗައިނާއިން އެހީ ދީފި

މަތީ ތައުލީމު ހާސިލުކުރާ 32 ދަރިވަރަކަށް ޗައިނާއިން އެހީ ދީފި

މަތީ ތައުލީމު ހާސިލުކުރާ 32 ދަރިވަރަކަށް ޗައިނާއިން އެހީ ދީފި އެވެ.

އެ ދަރިވަރުންނަށް އެހީ ދިނީ ޗައިނާ ސަރުކާރުން ދިން ބާސަރީ އެވޯޑްގެ ދަށުންނެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެވޯޑް ދަރިވަރުންނަށް ވަނީ ދީފަ އެވެ.

Advertisement
Allied Insurance — Square (box)

އެ އެވޯޑް ދިނީ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)އާއި އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް)ގެ ދަރިވަރުންނެވެ.

އެ އެވޯޑްގެ ދަށުން ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާގެ އެހީ ވަނީ ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީޖިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސަފީރު ވަނީ ޗައިނާ ސަރުކާރުން ދޭ ސްކޮލަޝިޕްގެ ދަށުން ރާއްޖޭގެ ދަރިވަރުން އިތުރަށް އެ ގައުމަށް ދިއުމަށް މަރުހަބާ ކިޔާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަދި ވިސްނުންތެރިކަމާއެކު ކިޔަވައި ހުނަރުތައް އިތުރުކޮށް ޗައިނާ ސަރުކާރުން ދޭ ބާސަރީ އެވޯޑްއަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

ޗައިނާ ސަރުކާރުން މިހާރުވެސް ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަޝިޕްތައް ދެމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް