ޚަބަރު އިޖުތިމާޢީ

ފުނަދޫ އަށް އިއްޔެ 22.1 މިލިމީޓަރުގެ ވާރޭ ވެހުނު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފުނަދޫ ސަންރައިޒް ބީޗު ސަރަހައްދު

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ށ.ފުނަދޫ އަށް 22.1 މިލިމީޓަރު ވާރޭ އިއްޔެ ވާރޭ ވެހިއްޖެ އެވެ.

Ads by STELCO

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ އެހާ ވަރަށް ފުނަދޫ އަށް ވާރޭވެހިފައިވަނީ އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އަށް ކަމަށެވެ.

މެޓުން ބުނީ ދެން އެންމެ ގިނައިން ވާރޭވެހުނީ ރ. އިފުރު އަދި ށ. ކޮމަންޑޫ އަށް ކަމަށެވެ. އެއީ ރ. އިފުރަށް 12 މިލިމީޓަރަށް އަދި ށ. ކޮމަންޑޫ އަށް 9.7 މިލިމީޓަރަށެވެ.

ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް މެޓުން ފާހަގަކޮށްފައިވާ ރަށްރަށަކީ ހދ. ހަނިމާދޫ އާއި، ހދ. ކުޅުދުއްފުށި އަދި ރ.އަލިފުށި އެވެ.

އޭގެ އިތުރުން މެޓުން ބުނީ މިއަދު ރާއްޖޭގެ މޫސުން ދެކުނުގެ އަތޮޅުތައް ފިޔަވާއި އެހެން ހިސާބުތަކަށް ރަނގަޅުވާނެ ކަމަށެވެ. އެ ސަރަހައްދުތަކަށް ކަނޑު މަޑުވާނެ ކަމަށް މެޓުން ބުންޏެވެ. އަދި ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށް މެޓުން ބުންޏެވެ.

ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުތައް އެހެން ހިސާބުތަކަށްވުރެ އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށްވެސް މެޓުން ބުންޏެވެ.

މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!