Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވޭމަންޑޫގައި ތިބި ކުދިން މާލެ ސަރަހައްދަށް ބަދަލުކޮށްފި 

ވޭމަންޑޫގައި ތިބި ކުދިން މާލެ ސަރަހައްދަށް ބަދަލުކޮށްފި 

ތ. ވޭމަންޑޫ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީއެސްސީ)ގައި ތިބި ކުދިން މާލެ ސަރަހައްދަށް ބަދަލުކޮށްފި އެވެ.

އެކަން "ދެން" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ ކުދިން މާލެ ސަރަހައްދަށް ބަދަލުކޮށްފައިވަނީ އެއިން ކުއްޖެއްގެ ފަރާތުން އެތަނުގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ރަށު ރައްޔިތުން ނިކުމެ އެ ކުއްޖާ ރަށުން ބޭލުމަށް ގޮވާލާ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މުޒާހަރާ ކުރުމުންނެވެ.

Advertisement
Ooredoo — Truecaller (box)

މުޒާހަރާ ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެން ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ. އެގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވޭމަންޑޫގައި ހުންނަ އެފްސީއެސްސީގައި ފަސް ކުދިން ތިބިއިރު މައްސަލަ ޖެހުނު ކުއްޖާއަކީ މީގެ 9 މަސް ދުވަސް ކުރިން އެ ސެންޓަރަށް ގެންދިޔަ ކުއްޖެކެވެ. އެ ކުއްޖާގެ ފަރާތުން މީގެކުރިން ވެސް އެކި މައްސަލަތައް ކުރިމަތިވެ، ކަމާ ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވެ އެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރަށުގައި ހިނގަމުންދިޔަ ކަންތައްތަކާ ގުޅިގެން ސޯޝަލް މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިދިޔަ ބުރާސްފަތި ދަތުރުކުރި އެވެ. އެ ޓީމުން ވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް