Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޓްރާންސްފޯމަރުން ވައްކަންކުރަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަން އިތުރު 30 ދުވަސް

ޓްރާންސްފޯމަރުން ވައްކަންކުރަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަން އިތުރު 30 ދުވަސް

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާގެ ބަންދަން އިތުރު 30 ދުވަސް ޖަހައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ އެ ރޭގެ ފަތިހު 5:30 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ނ. މާޅެންދޫ, ފެހިއައްސޭރި, އުމުރުން 32 އަހަރުގެ އަހްމަދު ރިސްފާނެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނިއިރު، މައްސަލަ އާ ގުޅިގެން ކޯޓަށް އޭނާ ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އެވެ.

Advertisement
Ooredoo — Truecaller (box)

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ މައްސަލައިގައި ހައްޔަރުކުރި ރިސްފާނު އިތުރު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހު ވެސް މިފަދަ މައްސަލަތައް ފެންމަތިވިއިރު، އެ މަހުގެ ތެރޭގައި ޓްރާންސްފޯމަރުން ވައްކަންކުރަން ވަދެ އުޅުނު މީހަކު މަރުވެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް