ޚަބަރު

މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ މާލެއިން ފުރައިގެން މާމެންދުއަށް ދަތުރުކުރި ކަނޑު ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ބޯޓު މާމެންދުއަށް ދިޔުމުން އެމީހުންނަށް ފުލުހުން ފެނުމާ އެކު، އެމީހުންގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅު ފަޅާލައި އެ ކޮތަޅު ހިފައިގެން މޫދަށް ފުންމާލާފައިވާ ކަމަށާއި އެއާ އެކު އެ ދެ މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ބޯޓުގައި އެމީހުން ތިބި ސަރަހައްދު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި މި މައްސަލަ މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!