ބޭސް ނުލިބިގެން ގެމަނަފުށީގައި ހަޅުތާލުކޮށްފި

ގއ. ގެމަނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ތަނުގައި އިން މީހަކު ބިރުގަތުމުގެ ސަބަބުން ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ގެމަނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަ ނުޖެހުން ފާޅުކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފިހާރައިގައި އިން މީހާ ބިރުގަތުމުގެ ސަބަބުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ނިމިދިޔަ މޮޅު ގުންޑާ ސަރުކާރުގަ އަހަރެމެންނަށް ނުލިބޭ ކިތަށްމެ ބޭހެއްހުރި އެކަމަކު ހަޖަމްކޮއްގެން އަހަރެމެންތިބީ ބަލާބަލަ ފަލަސްތީން މީހުން އުޅެ ޙާލު ކޮންބޭހެއް ކޮން ފަރުވާއެއް ކުޑަމިނުން ފެންފޮދުވެސް ނުލިބޭ އީމާންކަން މަތީ އެއުޅެނީ