ޚަބަރު

އެޗްޕީއޭގެ މިންގަނޑު ތަކާ ޚިލާފުވީ، ފުލުހުން އައިސް ހައްޔަރު ކުރަން އަމަލުތައް ބެހެއްޓި ގޮތުން - އިދިކޮޅު

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޒުވާނުންތަކެއް އިސްނަގައިގެން މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑާ ޚިލާފުވެގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެޗްޕީއޭގެ މިންގަނޑު ތަކާ ޚިލާފުވީ، ފުލުހުން އައިސް ހައްޔަރު ކުރަން އަމަލުތައް ބެހެއްޓި ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމް އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި، ވިދާޅުވީ މިހަރަކާތުގެ ތެރެއިން ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެގޮތަަށް ރޭވިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި ފުލުހުން ހަރަކާތަށް ހުރަސް އަޅާފައިވަނީ ވަރަށް ސުލްޙަވެރި ކަމާއެކު ތިއްބާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭތީ، އެކަނބަލުން ވަގުތުން ވަގުތަށް ދޫކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުންވަނީ ޤާނޫނީ ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިއަދުގެ މުޒާހަރާގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވިކަމަށް ބުނެ ، ފުލުހުންވަނީ ން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޒުވާނުންތަކެއް މިއަދު ހަވީރު މާލޭ ރަސްފަންނު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެއްސި ސައިކަލުބުރު ފުލުހުން ހުއްޓުވާ، އެސަރަޙައްދުން މީހުން ހައްޔަރު ކޮށްފައިވަނީ ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ މި ހާލަތުގައި އެއްވުންތައް ނުބޭއްވުމަށާއި އެއްވުންތައް ކުރިއަށް ގެންދާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވެސް ކުރިން ދީފައެވެ.

ސައިކަލުބުރު ބޭއްވުމަށް ހަމަޖެހުނު ސަރަޙައްދުން މީހުން ހައްޔަރު ކޮށްފައިވަނީ ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު ކަމަށާއި ފުލުހުން ވަނީ މި ހާލަތުގައި އެއްވުންތައް ނުބޭއްވުމަށާއި އެއްވުންތައް ކުރިއަށް ގެންދާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިކަމަަށް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance
  1. މީހާ

    ފުރަތަމަ އެޗް ޕީއޭ އާ ހިލާފުވީ ނަޝީދު. ލޮކްޑައުން ކުރުން މަނާ ކުރުވި

  2. މުހައްމަދު ޝަފީގު

    ތަންތަނަށް އެއްވަންޏާ ހައްޖައް ދާށޭ ބުނީ ކާކު؟