ދުނިޔެ

ކަލްކިޔުލޭޓަރަށް ވުރެ އަވަސް ޖަވާބުދޭ ދަރިވަރު، ދުނިޔޭގެ ރެކޯޑް ހެދީ އެންމެ 11 އަހަރުގައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސުކޫލުދައުރުގައި ގިނަ ބަޔަކަށް އެންމެ އުނދަގޫ އެއް މާއްދާއަކީ ހިސާބު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއްކުރުމާއި ކެނޑުމުން ފެށިގެން ގޮސް ޖިއޮމެޓްރީ އަދި އަލްޖިބުރާއާއި ހަމަށް ދިޔުމުން ހަމަގައިމުވެސް ގިނަ މީހުންގެ ބޯ ގޮވައެވެ. ވާނުވާއެއް ނޭނގެއެވެ.

Ads by WAMCO

އިންޑިއާގެ ގުޖުރާތަށް އުފަން އަންހެން ކުއްޖެއް ކަމަށްވާ ޕްރިޔާންޝި ސޮމާނީ އަކީ ކަލްކިޔުލޭޓަރަކަށް ވުރެން އަވަހަށް ހިސާބުގެ އެކި ސުވާލުތަކަށް ޖަވާބު ދީ ދުނިޔޭގެ ރެކޯޑުގެ ފޮތުން ޖާގަ ހޯދައިފައިވާ އަންހެން ކުއްޖެކެވެ.

މެންޓަލް މެތްސްއަށް ފުރަތަމަ ތަޢާރަފުވީ އުމުރުން 6 އަހަރުގައި

ޕްރިޔާންޝީ ގެ މައިންބަފައިން އޭނާމެންޓަލް މެތްސް” ( ސިކުނޑިން ހިސާބު ހެދުން) ކުލާހެއްގައި އޭނާ ބައިވެރިކުރުވީ އޭނާގެ އުމުރުން 6 އަހަރުއެވެ. މި ކުލާސް ތަކުގައި އެއްވެސް ފޮތެއް އަދި ކަލްކިޔުލޭޓަރެއް ނެތި ސިކުނޑީގައި ހިސާބުގެ ބޮޑެތި ސުވާލުތައް ހަދައި ނިންމާނެ ގޮތް ދަސްކޮށްދެއެވެ.

ހާސިލު ކޮށްފައިވާ ކާމިޔާބީތައް

2006 ވަނަ އަހަރު ޕްރޮޔާންޝީ ގެ އުމުރުން ގާތްގަނޑަކަށް 7 އަހަރުގައި، މެންޓަލް މެތްސް ދަސްކުރިތާ އެއްއަހަރު ފަހުންނޭޝަނަލް ޗެމްޕިއަން އިން އެބެކަސް އެންޑެ މެންޓަލް އެރިތެމެޓިކް ކޮމްޕެޓިޝަންގައި ބައިވެރިވެ ފަޚުރުވެރި އެއްވަނަ ހޯދިއެވެ. މިއީ ގައުމީ ފެންވަރުގައި ޕްރިޔާންޝީ ހޯދި ފުރަތަމަ ކާމިޔާބީއެވެ.

2006 ވަނައަހަރު ގައުމީ ފެންވަރުގެ މި މުބާރާތް ކާމިޔާބުކޮށް 2007 ވަނަ އަހަރު ދެން ޕްރިޔާންޝީ ދިޔައީ މެލޭޝިއާގައި ބޭއްވުނު ދުނިޔޭގެ ފެންވަރުގެ ހަމަ މިފަދަ މުބާރާތަކަށެވެ. އެމުބާރާތަކީ ޕްރިޔާންޝީ ދުނިޔޭގެ ފެންވަރުގައި ބައިވެރިވި ފުރަތަމަ މުބާރާތެވެ.

އެއަށްފަހު 2010 ވަނައަހަރު ބޭއްވުނުމެންޓަލް ކަލްކިޔުލޭޝަން ވޯލްޑް ކަޕްގައި ބައިވެރިވެ ފަޚުރުވެރި 1 ވަނަ ހޯދައި، މެންޓަލް ސްކޮޔާރ ރޫޓުގެ ބައިން ދުނިޔޭގެ ރެކޯޑު ފޮތުން އޭނާ ވަނީ ޖާގަ ހޯދާފައެވެ. އެއީ 6 އަދަދުގެ ނަމްބަރާއި، 8 އަދަދުގެ ނަމްބަރާއި ދެމެދުގެ ސްކޮޔާރ ރޫޓުގެ ސުވާލުތައް 6 މިނެޓާއި 51 ސިކުންތުން ނިންމައިގެންނެވެ.

އެއަށް ފަހު 10 އަދަދުގެ 10 ނަންބަރު އެއްކުރުމުގެ ބައިންނާއި 8 އަދަދުގެ 2 ނަމްބަރު ގުނަކޮށްގެން ޖަވާބު ދޭން ބުނި ސުވާލުތަކަށް ޖަވާބުދީ ޕްރިޔާންޝީ އަށް މުޅިމުބާރާތުން 2ވަނަ ލިބިފައިވާއިރު، އިތުރު ސްކޮޔާރ ރޫޓުގެ 10 ސުވާލު އޭނާ ވަނީ 6 މިނެޓާއި 28 ސިކުންތުގެ ތެރޭގައި ފުރިހަމަ ކޮށްފައެވެ. މިއީ ދުނިޔޭގެ ރެކޯޑުގެ ފޮތުން ޕްރިޔާންޝީ ފުރަތަމަ ޖާގަ ހޯދި ފަހަރެވެ.

މިއަށްފަހު ޕްރިޔާންޝީގެ މިސްރާބަކަށްވީ 2012 ވަނަ އަހަރު ބޭއްވުނުމެމޯރިއަޑް ކަޕްއެވެ. މި މުބާރާތުގައި ޕްރިޔާންޝީ ބައިވެރިވެ، 6 އަދަދުގެ 10 ސުވާލު ސްކޮޔާރ ރޫޓުކޮށް 02:43:05 ގައި ފުރިހަމަ ކޮށް އިތުރު ރެކޯޑެއް ވަނީ ގާއިމު ކޮށްފައެވެ. މި މުބާރާތަކީ ޕްރިޔާންޝީ ގެ ހިސާބުގެ ދާއިރާއިން އެންމެ ފަހުން ކުރިއަށް ދިޔަ މުބާރާތެވެ. އެއަށް ފަހު އެދާއިރާއިން ކުރިއަށް ނުދިއުމަށް އޭނާ ވަނީ ނިންމާފައެވެ.

މިއަދު ޕްރިޔާންޝީ ކޮބާ ؟

މިއަދު ޕްރިޔާންޝީގެ އުމުރަކީ 21 އަހަރެވެ. މެތެމެޓިކްސް ގެ ދާއިރާއިން އޭނާ ދުރަށް ގޮސް މިއަދު ޕްރިޔާންޝީ އަކީ ތީޓްރޮލޮޖީ ދާއިރާއިން ކުރިއަށް ދާ ޒުވާނެކެވެ. އަދި އޭނާ އަންނަނީ މިދާއިރާއިން އިތުރަށް ތަޢުލީމު ހާސިލު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!