Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާކަނި ބީޗްގައި މާރާމާރީއެއް، އެކަކު ހައްޔަރަށް

ރާކަނި ބީޗްގައި މާރާމާރީއެއް، އެކަކު ހައްޔަރަށް

ހުޅުމާލެ ރާކަނި ބީޗު ރެސްޓޯރެންޓުގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މާރާމާރީ ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ދެ މީހަކު ހަޓެއް ކައިރީގައި އިށީންދެލައިގެން ތިއްބާ އެ މީހުން ގާތު ދެ މީހަކު ގޮސް ހުއްޓޭ އެވެ.

އެމީހުން ތެރެއިން އެކަކު ގޮސް ހަޓް ކައިރި އިށީންދެގެން އިން މީހަކަށް ގޮނޑިއަކުން ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެއަށް ފަހު ދެ މީހުންގެ ދެމެދު މާރާމާރީ ހިނގާ މަންޒަރު ފެނެ އެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ބުނީ، އެ ސަރަހައްދުގައި މާރާމާރީ ހިނގި މައްސަލައެއް ރިޕޯޓް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

https://twitter.com/MvCrisis/status/1857682484001124841

އަދި އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ  ބަންދުގެ މުއްދަތު ޖަހަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެމީހާ ހާޒިރުކުރުމުން ޝަރުުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް