މުނިފޫހިފިލުވުން

ބަލިވެ އިން އަނުޝްކާ އުފަލުން ފޮޅިފައި، ދެވަނަ ފޮޓޯއެއް ވެސް ހިއްސާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އިނީ ބަލިވެކަން، މިދިޔަ މަހު ވަނީ އިއުލާނު ކޮށްފައެވެ.

Ads by STELCO

ފިރިމީހާ ވިރާތު ކޯލީ އާއެކު ނަގާފައިވާ ފޮޓޯއަކާއެކު އިންސްޓަގްރާމް މެދުވެރިކޮށް އެދެމަފިރިން ވަނީ އެކަން އެންމެންނާއި ޙިއްސާ ކޮށްފައެވެ.

އަނުޝްކާ އާއި ވިރާތު އަށް ދަރިއަކު ލިބެން އުޅުމުން އެތައް ބަޔަކު އެއިރު ވަނީ އެދެމަފިރިންނަށް ތަހުނިޔާ ފޮނުވާފަައެވެ. އަދި ދާދިފަހުން އެ ދެމަފިރިން ދުބާއީ އަށް ކުރި ދަތުރެއްގައި އައިޕީއެލްގެ ފަރާތުން ވަނީ އެދެމަފިރިންނަށްޓަކައި ޚާއްސަ ކުޑަ ޕާޓީ އެއް ވެސް ދީފައެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން އަނުޝްކާ އަބަދުވެސް ފާހަގަ ކޮށްލެވެނީ ފޭނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެއްގެ ގޮތުގައެވެ. އެހެންކަމުން ބަލިވެ އިންކަމުގެ ޚަބަރު ވެސް އުފާވެރި ކެޕްޝަނަކާއެކު މިދިޔަ ހަފްތާގައި ހިއްސާ ކޮށްފައިވާއިރު، މިއަދު އަނެއްކާވެސް އޭނާ ވަނީ އެހެން ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.

އޭނާ ބަނޑުބޮޑުކަން އެނގޭނޭހެން ބަނޑުގައި އަތް ޖައްސައިގެން، ރީތި ހިނިތުންވުމަކާއެކު އަތިރިމަތީގައި ނަގާފައިވާ އެފޮޓޯ ހިއްސާ ކުރަމުން އަނުޝްކާ ބުނެފައިވަނީ، ތިމާ މީހާގެ ހަށިގަނޑު ތެރޭގައި އެހެން ދިރުމެއް ވެސް އުފެދެމުން އަންނަކަން އެނގުމަކީ ބުނެދޭން ވެސް ނޭނގޭ ކަހަލަ އުފާވެރި އިހުސާސެއް ގެނެސްދޭ ކަމެއް ކަމުގައެވެ.

އަނުޝްކާ ދެން އެނބުރި ފިލްމު ކުޅެން ދާނީ ވިހެއުމަށް ފަހުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ޕްރަބާސް އާއެކު ކުޅުމަށް ހަމަޖެހިފައިވާ "އާދީޕުރުޝް" ގައި އަނުޝްކާ ކުޅެނީ ލީޑް ރޯލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!